އުތުރުތިލަފަޅު އެއްބަސްވުން ވަގުތުން އުވާލަން އިދިކޮޅުން ގޮވާލައިފި
އުތުރުތިލަފަޅު އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާ އެއްބަސްވުމެއްކަން އިތުރަށް ސާފުވެފައިވާތީ އެ އެއްބަސްވުން ވަގުތުން އުވާލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ތިލަފަޅު އެގްރީމަންޓްތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން...