"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންފިއެވެ.

މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ކަރިން ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީގައި މިވަގުތު ތިބިއިރު ރައީސް ޔާމީން ވަނީ ގެކޮޅުގެ ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނާ ބައިވެރިވެވަޑައިގެންފައެވެ. އަދި ކުޑަދޮރުން ވަނީ ގައުމީ ދިދަ އާއި ޕާޓީގެ ދިދަ ވެސް ހޫރުއްވާފައެވެ.

މިއަދުގެ މުޒާހަރާ ޕީޕީއެމުން ފެށީ ހަވީރު 04:00 ޖެހިއިރު ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދަށް އެއްވެފައި ވާއިރު ހިނގާލުމުގެ ބައިވެރިން ގެންދަނީ އިފްސާފު ހޯދުމަށް އަދި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.