މިއަދު "އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަތް މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

އޭގެ އިތުރުން ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިން ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީގައި ތިބިއިރު ރައީސް ޔާމީން ވަނީ ގެކޮޅުގެ ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނާ ބައިވެރިވެވަޑައިގެންފައެވެ. އަދި ކުޑަދޮރުން ވަނީ ގައުމީ ދިދަ އާއި ޕާޓީގެ ދިދަ ވެސް ހޫރުއްވާފައެވެ.

މިއަދުގެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އަދި ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ، ޔާމީންއަށް ސަޕޯޓު ކުރުމުގެ ގޮތުން އަތްހޫރާ ހަދާފައި ވާއިރު އެއްވި މީހުންގެ ގެންދަނީ އިފްސާފު ހޯދުމަށް އަދި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަަވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ.