މިއަދު އިންޑިއާއިން އައި 189 މީހަކު ކަރަންޓީން ކޮށްފި
މިއަދު އިންޑިއާއިން އައި 189 މީހަކު ކަރަންޓީން ކޮށްފައި ވާކަމަށް ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކުގައި...