ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ މަރުވި މީހުންގެ އަދަދު 90000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 90954 އަށް އަރާފައެވެ.
ކޮވިޑް-19ގައި މިއަދު އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރި ގައުމުތައް
- އެމެރިކާ: މިއަދު 944 މަރު | 15732 ޖުމުލަ މަރު
- ސްޕެއިން: މިއަދު 446 މަރު | 15238 ޖުމުލަ މަރު
- ބެލްޖިއަމް: މިއަދު 283 މަރު | 2523 ޖުމުލަ މަރު
- ނެދަލަންޑްސް: މިއަދު 148 މަރު | 2396 ޖުމުލަ މަރު
- އީރާނު: މިއަދު 117 މަރު | 4110 ޖުމުލަ މަރު
- ސްވީޑަން: މިއަދު 106 މަރު | 793 ޖުމުލަ މަރު
ދުނިޔޭގެ އެކި ކަންކޮޅުތަކުން 209 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ވަނީ ފެނިފައެވެ. މިހާތަނަށް ލިބިފައިވާ ރެކޯޑްތައް ދައްކާ ގޮތުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 1543563 އެވެ. މީގެ ތެރެއިން 342415 މީހުންނަކީ ޝިފާ ލިބިފައިވާ މީހުން ކަމަށް ރެކޯޑްތަކުން ދައްކައެވެ.
އެކްޓިވް ކޭސްތަކުގެ ގޮތުގައި 110194 ކޭހެއް އޮތްއިރު، މީގެ ތެރެއިން 48503 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. އަނެއް 96 ޕަސެންޓް މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް ޚަބަރު ލިބެއެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ހޯދިފައި ނުވާއިރު، އެކި ހިސާބުތަކުގައި މި ބައްޔަށް އެކި ފަރުވާ ކުރަމުންދާކަން ފާހަގަކުރަންޖެހެއެވެ. މި ފަރުވާތައް އަމާޒުކުރަނީ ބައްޔަށް ޕޮޒިޓިވްވާ މީހާގެ ކިބައިން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.