މެލޭޝިއާއިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވއ ވެފައިވާ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ކޮވިޑް-19އަށް މިއަދު ޕޮޒިޓިވެ ވެފައިވާ ކަމަށް މެލޭޝިއާ ސަރުކާރުން އާއްމު ކުރި ލިސްޓުގައި 26 ގައުމެއްގެ މީހުންގެ ހިމެނެއެވެ. އެ ގައުމު ތަކުގެ ތެރޭގައި ރާއްޖެ މީހަކު ހިމެނޭ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭ އެމްބަސީއިން ބުނީ އެ ގައުމުގެ ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައި ވާތީ އެކަން އިތުރަށް ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މެލޭޝިއާއިން ދިވެއްސަކު ޕޮޒިޓިވް ވެފައިކަމަށް އެ ގައުމުން ބުނެފައި ވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ބުންޏެވެ. ނަމަވެސް ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ކަމަށް ނުބެލެވޭ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.
މަބްރޫކް ވިދާޅުވެފައި ވަނީ މިހާތަނަށް ލިބުނު ރަސްމީ މައުލޫމާތަށް ބަލާއިރު ޔޫއޭއީ އިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ކަމަށް ނުބެލެވޭ ކަމަށާއި، އަދި އެ ގައުމުގެ ރަސްމީ ފަރާތްތަކުން ފޮނުވި ނަމަކީ އީސްޓާން ޔޫރަޕިއަން ގައުމެއްގެ ނަމެއް ކަމަށެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން ދަނީ ޕޮޒިޓިވް ވި 4 ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންނެވެ.