"ރަކީދޫގައި ސްކޫލެއް އަޅާނަމަ ނަން ދޭންވީ 'އިބްތިހާލް' ގެ ނަމުން"
ވ. ރަކީދޫގައި ސްކޫލެއް ގާއިމު ކުރާނަމަ، ނަން ދޭންވީ އިބްތިހާލުގެ ނަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު...