މަޖީދިއްޔާ ސްކޫލު ދެބަޔަކަށް ބަހާލައިގެން ހެދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެގްރިމަންޓްގައި މިއަދު ސޮއެ ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 74.9 މިލިއަން ރުފިޔާއަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއެ ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި އެސްޖޭ ގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ޝިހާދެވެ.
އެއްބަސްވުމުގައި ސޮއެ ކުރުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އެ މަޝްރޫއު އަކީ މިދިއަ އަހަރުގެ ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫއެއް ކަމަށާއި ވަށާޖެހޭ ތައުލީމާއި އެއްދަންފަޅިއަށް ރާއްޖޭގައި ހިންގާނެ ފުރަތަމަ މޮޑަލް ސްކޫލަށް ދަރުމަވަންތަ ސްކޫލު ވެގެންދާނެ ކަމަށެވެ.
އެސުކޫލްގެ މަސައްކަތް 364 ދުވަސްތެރޭ ނިންމުމަށް ދީފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2022 ވަނަ އަހަރު އަލަށް ހެދި އިމާރާތުގައި ކިޔަވައިދޭން ފެށޭނެ ކަމަށެވެ. އެ ސުކޫލް ޑިޒައިންކޮށްފައިވަނީ 1000 ދަރިވަރުންނަށް ކިޔެވޭގޮތަށް 41 ކްލާސްރޫމް ހިމަނައިގެން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ކޮރަޕްޝަނުގެ ތުހުމަތު އޮތް އެސްޖޭ އަކީ މަޖީދީ މަގުގައި ހުރި ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން ހަވާލު ކުރި ކުންފުންޏެވެ. އެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް ބުނާ މައްސަލަ ތަކެއް ވަނީ ފެންމަތިވެފައެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ. ކުރީގެ ސަރުކާރުން ވަނީ އެ ފައިސާވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފައެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުގައި ވަނީ ބާތިލްކޮށްފައެވެ. އެ މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.
ތީ ހުސް ކިރަޕްޝަން. ތިޔަ ކުންފުންޏަކީ ފިނޭންސް މިނިސްޓަރު އަމީރާއި، އެމްޓީސީ ސީއެފްއޯ ހިލްމީ އާއި، ކުރީގެ މަޖިލިސް ރައީސް މަސީހުއާއި، ކުރީގެ މިނިސްޓަރު ޝަމްހީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް. މީ ބޮޑު ޖަރީމާއެއް.
ތި އަމީރާއި ހިލްމީ އަކީ ޕާޓުނަރުން. އިނދެގެން އުޅޭ 2 މީހުން. ހިލްމީގެ ބާރުގަ އެމްޓީސީސީން ޝާހުވެސް ބޭރުކޮށްލީ. ކަލޭމެން ނޫސްވެރިން މިކަން ބަލާބަލަ.