ހިލޭ އެހީއާއި ލޯނުގެ ގޮތުގައި 290 މިލިއަން ޑޮލަރު ހަމަޖެހިއްޖެ
ބޭރުގެ އެހީއާއި ލޯނުގެ ގޮތުގައި ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް 290 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން...