ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ އެބަޔަކަށް ރާއްޖެ ވިއްކާލުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ، ދިވެހި ވަންތަކަން ގެއްލި، އެހެން ދީންތައް ފެތުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ބޭރު މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ނުދެވޭނެ ކަމަށާއި، އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ. ނަމަވެސް، އިންވެސްޓަރުން ގެނައުމަށް ތާއިދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ، މާލީ ތަނަވަސްކަން ހުރި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތައް ރާއްޖޭގެ ރަށްވެހިކަމަށް ޝައުގުވެރިވާ ކަމަށާއި އެފުރުސަތު އެފަރާތްތަކަށް ދިނުމާމެދު ވިސްނުން ރަނގަޅު ކަމަށް މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅެން ބޭނުންވާ މާލީ ތަނަވަސްކަން ހުރި ފަރާތްތައް އެބަތިބި ކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑެތި މުއްސަނދިންނަށް ކޮންމެވެސް ގޮތަކުން އެފަރާތްތަކަށް ރާއްޖޭގައި ތިބެވޭނެ ގޮތް ނުވަތަ ރެސިޑެންޓްސްގެ ގޮތުގައި ރާއްޖޭގެ ދިރިއުޅެވޭނެ ގޮތެއް ހޯދުމަކީ މިހާރު ވިސްނާލުން ރަނގަޅު ކަމެއް ކަމަށެވެ.
މިކަމަސް ވިސްނަންވީ ސަބަބެއް ކަމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އެއީ އެ ފަރާތްތަކަށް އެފުރުސަތު ދީފިނަމަ، އެ އެމީހުންގެ ފަރާތުން ދިވެހި ރާއްޖެއަށާއި ރައްޔިތުންނަށް ވެސް ފައިދާ ތަކެއް ކުރާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި މިއީ ކޮންމެހެން، ރާއްޖޭގެ ސިޓިޒަންޝިޕް ދޭވާހަކަ ނޫން ކަމަށާއި އިންވެސްޓަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯދާ ދިނުމަށްޓަކައި އެ ފަރާތްތަކަކީ ރާއްޖޭގެ ރެސިޑެންޓުންގެ ގޮތުގައި ހެދުމުގެ މުހިންމުކަމުގެ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ މިއީ އޭނާގެ އަމިއްލަ ވިސްނުމެއް ކަމަށާއި، ސަރުކާރުގެ ނުވަތަ މަގާމުގެ ހައިސިއްޔަތުން ވިދާޅުވާ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ބިދޭސީންނަށް ރައްވެހިކަން ދޭ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ދައްކަވަމުން ގެންދަވައެވެ. އެގޮތުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމުވެސް ވަނީ އެކަމަށް ވާލާތު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭރު ގައުމުތަކުގެ ބައެއް މީހުން ރާއްޖޭގައި ދިރިއުޅޭތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެފަދަ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުން ރަނގަޅުކަމަށް ވާހަކަ ދައްކަވާފައެވެ.
ކޮންމެހެން ދޭންޖެހޭ ބަޔަކު އެބަތިބި.. ބައެެއް ފައްޅިތަ ކުގެ ފާދިރީންނާއި ވާޖިންގ ކުންފުނީގެ ރިޗަޑްސަންއަކާ އިޓަލީ މާފިޔާ ބަޔަކާއި އާތަރ ބްރޯއާއި މީ މުޅިންވެސް ދޭންޖެހޭ
މިފަދަ ކަންކަމަށް ނޫނެކޭ ބުނުމީ ބައެއްމީހުންގެ ނަޟަރުގައި ސިޔާސީކަމެއް ނަމަވެސް މީކީސިޔާސީވުސްނުމެއްގައިހުރެ ބުނާބަހެއްނޫން ކީއްވެތޯ ފާފުއަތޮޅު ސައުދީއަށް ދިގުމުއްދަތައް ކުއްޔަށްދޭން ދެކޮޅުހެދީ އެކަމުންވެސް އަޅުވެތިކަމަކަށް ހުށަހޮޅިދާނެކަމަށް ބަލާފަކަންނޭގެ އެކަމަށް ދެކޮޅުހެދީ އަހަރެންގެ ނަޟަރުގައި މީ އަދިމާނުރައްކާތެރި ހީލަތްތެރިކަންތައްތަކެއް އެކުލެވޭކަމަކަށްނޫނީ ނުވާނެ. އެއްގޮތަކަށްވެސް ފަރަންޖީ ކާފަރުންނަށް ޔަހޫދީންނަށް ދިވެހި ރައްޔިތަކަށް ވުމުގެފުރުޞަތުދީގެން މިތަންޚަރާބުކޮށްގެންނުވާނެ.
ބޭރުގެ މަހުޖަނުންކުރެ ބިލިއޮނަރަކަށް ވިއަސް ރާއްޖޭގެ ރައްވެހިކަންދިނުމަކީ މި ދިވެހިރާއްޖޭގައި އެހެންދީމްތަކަށް ދެވޭފުރުޞަތެއް އެކަންކޮށްގެންނުވާނެ ދެކުނުއެފްރިކާގައި އިނގިރޭސިން ވަޒަންވެރިވެ އެގައުމު އަޅުވެތިކުރީ އެފްރިކާގެ ނިކަމެތިކަމުގެ ބޭނުންކޮށް ފައިސާއިން ހަވާއީގައި އެމެރިކާ ކުރި އިންވެސްޓްމެންޓް ބޮޑުވެ ހަވާއީގެ ރައްވެހިންއަތްދަށުމްބީވެގެން ދިޔައީ އެއިންވެސްޓްމެންޓްގެ ބަސަލުނުދެވިގެން މީ މިފަދަކަންކަމުން ދިމާވެފައިވާ ހިތާމަވެރިކަންކަން މިކަންކަމުން ޢިބުރަތްލިބިގަނެ ބޭރުގެ މަުުޖަނަކަށްވިއަސް ރައްވެހިވުމުގެ ފުރިޞަތު ނުދިނުމަށް ގޮވާލަން.