ކުދި ވިޔާފަރިތަކުގެ ލޯން 18000 އިން 30000 އަށް އިތުރުކުރަން ނިންމައިފިއެވެ.
މިކަން ހާމަ ކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނުސްވެރިންގެ ބައްދަލުވުމުގައި ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ސަރުޚާރުން ހަމަޖެއްސި ރިލީފް ޕެކޭޖުގެ ދަށުން އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް ނުވަތަ ކުދި ވިޔަފާރިތަކަށް ދޫކުރަން އޮތީ 18000 ރުފިޔާ ނަމަވެސް މިހާރު އެ އަދު ބޮޑުކުރަން ނިންމެވީ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމެވީ ކޮން ކަމަކާ ގުޅިގެން ކަމަކަށް ވިދާޅެއް ނުވެއެވެ.
ސަރުކާރުން ތަޢާރަފް ކުރި ރިލީފް ޕެކޭޖަކީ ހާލުގައި ނުޖެހި ތިންމަހެއްހާ ދުވަހު ދެމި ތިބުމަށް ފޯރުކޮށް ދެވޭ އެހީތެރި ކަމެއް ކަމަށް ބުނެފައި ވީ ނަމަވެސް ކުރިން އޮތް 18000 ރުފިޔާގެ ލޯނަށް އެދޭ މީހާ އަނބުރާ ދައްކަން ޖެހޭ މިންވަރު ބޮޑުކަމުގެ ޝަކުވާ އާންމުން ދިޔައީ ކުރަމުންނެވެ.
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ތައާރަފު ކުރީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެކެވެ.
އެ ޕޭޖުގައި؛
- 10 މިލިއަން ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ ރިސޯޓަކަށް ގިނަވެގެން ދޫކުރުމަށް ހަމަޖައްސަވައިފައި ވަނީ 7.71 މިލިއަން ރުފިޔާ، ވިޔަފާރި އަކަށް ގިނަވެގެން ދޫކުރުމަށް ހަމަޖައްސަވައިފައި ވަނީ އެއް މިލިއަން ރުފިޔާ
- 10 މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ރިސޯޓްތަކަށް ލޯނު ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް އިން
- 10 ލިއަން ރުފިޔާއަށް ވުރެ ދަށުގެ އާމްދަނީ ލިބޭ ކުންފުނިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން
- އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ގިނަވެގެން ލިބޭނީ 30 ހާސް ރުފިޔާ އެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ފާއިތުވި އަހަރުގެ ތެރޭގައި ހަ މަސް ދުވަހު މަސައްކަތްކޮށް އާމްދަނީއެއް ލިބިފައި ވާނަމަ އެވެ.
ކޮވިޑާ ގުޅިގެން ދޫކުރާ ގިނަ ލޯނުތައް ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން އަދާކުރަން ޖެހޭ ގޮތަށެވެ.
ތިވަރުން ކިހިނެއް 3 މަހު ހިފަހައްޓާނީ މަހަ ކު 3 މިލިއަން ޑޮލަރު ލިބި 50 އަހަރު ރިސޯޓްތައް ހިންގި މީހުންނަށް 3 ދުވަހު ހިފަހައްޓާނުލެވުނު. ސަރު ކާރަށް ހުރިހާ ރިސޯޓް ނަގަން ގޮވާލަން. ރައްޔިތުންނަ ހިއްސާ އޮންނަންޖެހޭ.