ރާއްޖޭގެ ޕޮޒިޓިވް ކޮވިޑް-19ގެ ކޭސްތައް 1020 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިތުރު 38 މީހަކު ފެނިފައިވާ ކަމަށެވެ. އިތުރު 38 ކޭސްއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ ހާހުން މައްޗަށް އަރައިގެން ގޮސްފައެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނެނީ، 29 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހެއްގެ އިތުރުން ނޭޕާލު ރައްޔިތެކެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެހެންކަމުން މިހާތަނަށް ރާއްޖެއިން މިބަލިން 32 ދިވެހީންނާއި 14 ބިދޭސީންނާއި އެކު ޖުމްލަ 46 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.