އިތުރު 47 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ޖުމްލަ 1078 އަށް އަރައިފިއެވެ. މިއަދު އިރުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހުންނާއި ނޭޕާލް 2 މީހަކާއި އިންޑިއާގެ 4 މީހުންނެވެ.
މިމީހުން ނިސްބަތްވާ ކްލަސްޓާތައް އަދި ސާފުވާގޮތެއް ނުވެއެވެ.
ރާއްޖެއިން ކޮވިޑް ފެނި އާންމުކޮށް ފެތުރެން ފެށިފަހުން މަހުން ވީ އިރު ބަހިޖެހުނު މީހުންގެ އަދަދު އަވަށްޓެރި ބައެއް ގައުމުތަކަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ރާއްޖެއާ އެންމެ ކައިރިން ސްރީލަންކާއިން ޕޮޒިޓިވް ވެފައިވަނި 935 މީހުންނެވެ. ބޫޓާނުން 21 މީހުންނެވެ. ނޭޕާލުން 276 މީހުންނެވެ. ބަންގްލަދޭޝުން ޕޮސިޓިވް ވި މީހުންގެ އަދަދު 20000 އިން މައްޗަށް އަރާފައި ވާއިރު ޕާކިސްތާނުގައި 38000 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އިންޑިއާގައި ވަނީ 85000 މީހުން ޕޮޒިޓިވް ވެފައި ވާއިރު އަފްގާނިސްތާނުގައި 6000 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ކޮވިޑް ފެނި ޕަޮޒިޓިވް ވާ މީހުން އެކަހެރި ކުރުމަށް 2000 އަށް ވުރެ ގިނަ އެނދު ސަރުކާރުން ހަމަޖައްސާފައި ވާއިރު އެކަހެރި ކުރުމާއި ކަރަންޓީނު ކުރުމަށް އިތުރު 1500 އެއްހާ އެނދު އެބަ ތައްޔާރު ކުރެވެއެވެ. ނަމަވެސް މިހާރު ޕޮޒިޓިވް ވާ މީހުން ފެންނަ ނިސްބަތާއެކު ސަރުކާރުން ޕްރޮމޯޓު ކުރަނީ ގޭގޭގައި އެކަހެރި ކުރާށެވެ. ނޫނީ އައިސޮލޭޓް ކުރާށެވެ. އެގޮތުން މިހާރުވެސް ގިނަ ބަޔަކު ގޭގޭގައި އައިސޮލޭޓު ކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން 49 މީހަކު ރަނގަޅުވެފައި ވެއެވެ. އަދި 4 މީހަކު ވަނީ މަރުވެފައެވެ.