ބ. މާޅޮހު ރައްޔިތުންގެ ފަރާތުން، ރޯޔަލް އައިލެންޑް ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަވީއްލުމެއް ދީފިއެވެ.

ރޯޔަލް ކަރަންޓީން ފެސިލިޓީގައި ތިބި ފަރާތްތަކަށް ދިން ރޯދަ ވީއްލުމަކީ މާޅޮސް އޮސޯސިއޭޝަން ފޯ ކޮމިއުނިޓޭ އެމްޕަވާމަންޓް (މޭސް) ގެ ފަރަތުން އިންތިޒާމް ކުރި ރޯދަ ވީއްލުމެކެވެ.

އެގޮތުން މޭސް އިން ވަނީ 8 ބާވަތުގެ ހެދިކާ އަދި ކުރުނބާ ފަނި، ރޯޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީގައި ތިބި 180 މީހަކަށް ފޯރުކޮށް ދީފައެވެ. މި ރޯދަވީއްލުމަށް ބޭނުންވާ ހެދިކާ ތައްޔާރުކޮށްފައި ވަނީ މާޅޮހު ރައްޔިތުންނެވެ.

ރޯޔަލް އައިލެންޑް ކަރަންޓިން ފެސިލިޓީގައި ތިބި ފަރތާތްތައްކަށް ރީދަވީއްލުން ދިނުމަސް މާޅޮހު ރައްޔިތުން ތައްޔަރުކުރި ބައެއް ތަކެތި

ރޯޔަލް އައިލެންޑް ކަރަންޓީނު ފެސިލިޓީއަކީ، ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ބައްޔަށް ޝައްކުވާ ފަރާތްތައް އެކަހެރި ކުރުމަށް ހަމަޖެއްސި ފެސިލިޓީ އެކެވެ.

މީގެ އިތުރުން ކޮވިޑް-19ގެ މިހާލަތުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެހި ފަރާތްތަކުން ދަނީ އެ ފަރާތްތަކަށް ރޯދަވީއްލުންތައް ދެމުންނެވެ.