ހާލު ދެރަވި ފަޅުވެރިއަކަށް އެމްއެންޑީއެފުން އެހީ ވެއްޖެ
ނަމާދުކުރަން ސަޖިދައިގައި އޮއްވާ އަނބުރައިގަނެ ހާލު ދެރަވި ފަޅުވެރިއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މ. ވޭވަށުގެ އިރުން 5 ނޯތްމޭލް ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ހާސިލް 2" ނަމަކަށް ކިޔާ ދޯންޏެއްގައި...