ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން މާލެ 16 ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމުގެ ޕްލޭނެއް އެކުލަވާލައިފިއެވެ.

މިއަދު މާލެ ސިޓީ ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އަދި އެޗްޕީއޭއިން ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިތީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެ ސަރަހައްދުގައި ގެއެއް ކަރަންޓީން ކޮށްގެން ނުވަތަ ކޮވިޑް19އަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ ފަރާތެއް ނުވަތަ ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ފަދަ ހާލަތެއްގައި މި ބަލި ފެތުރުނަ ނުދިނުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

ތޮށް ޖެހިފައިވާ މާލެއިން އެފަދަ ހާލަަތށް ގޮސްފިނަމަ ސިއްހީ ފަރުވާ ދިނުމަށާއި ލޮޖިސްޓިކް އެހެނިހެން އެހީތެރިކަން ފޯރުކޮށް ދިނުމަށް ބަހާލާފައިވާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން ޝިފާ ވިދާޅުވީ، މާލެ ސަރަހައްދު 16 ސެކްޓާއަކަށް ބަހާލާފައިވާނެ ކަމަށާއި، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭގޮތަށް 6 ސެކްޓާއަަކަށް ބަހާފައިވާ ކަމަށެވެ. މީގެ އިތުރުން ވިލިމާލެއާއި އަކީ ވަކި އެއް ސެކްޓާ ގޮތުގައި ހަމަޖައްސާފައިވާނެ ކަމަށާއި، ތިލަފުށިވެސް ވަކި ސެކްޓާއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ކަރަންޓީން ކުރާ ގެތަކަށް ހާއްސަ ލީފް ލެޓެއް ތައްޔާރުކޮށްފައިވާ ކަމަށްވެސް މޭޔަރު ޝިފާ ވިދާޅުވިއެވެ. އެގޮތުން އެ ލީފްލެޓްގައި ބަލީގެ އާންމު މައުލޫމާތާއި ބަޅިގެ ސަބަބުން އަމަލުކުރަންޖެހޭ ގޮތްތަކާއި އިރުޝާދުތަކެއް ހިމަނާފައިވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. އެގޮތުން ދިރިއުޅޭ އެޕާޓްމަންޓް ސާފުކުރާނެ ގޮތާއި ކއެއުން ބުއިމާއި، ނިދުމާއި އާންމު ދިރިއުޅުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު އެ ލީފްލެޓްގައި ހިމެނޭނެކަމަށް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓިން ކުރެވޭ ގެއެއް ހުންނަ ކޮންމެ ބްލޮކެއްގައި ކާބޯތަކެތި ލިބޭނެ ފިހާރަތަކުގެ މައުލޫމާތު މިހާރު އެއް ކުރެވިފައިވާނެ ކަމަށެވެ ޝިފާ ވިދާޅުވިއެވެ. އަދި އެ ފިހާރަތަަކުގެ ތެރެއިން ފައިސާގެ މުއާމަލާތް ނުކޮށް އެކައުންތަށް ފައިސާ ޓްރާންސްފާ ކޮށްގެން ފައިސާގެ މުއާމަލާތްކުރިއަށް ގެންދެވޭނެ ތަންތަން ވަކިން ބަލާފައި ވާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އެކި ކަހަލަ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާއިރު، މިބަލި ކޮންތްރޯލް ކުރުމަށް އެތައް ގޮތަކުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފްލޫ ކްލިނިކް އިތުރުކުރުމާއި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުން ހިނެނެއެވެ. ހަމައެއާއެކު އައިސީޔޫގެ ހިދުމަތް ރަނަގޅު ކުރުމާއި ވެންޓިލޭޓަރުގެ ހިދުމަތްދެވޭނެ އެނދުތައް އިތުރުކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.