ކޮވިޑް-19 އަށް ނެގެޓިވް ވުމަކީ ރާއްޖެއަށް އޮތް ރިސްކް ކުޑަވުމެއް ނޫން ކަމަށް ޑރ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮވީޑް-19 އަށް ރާއްޖެއިން ޕޮޒިޓިްވް ވެފައިވާ 5 މީހަކު މިހާރު ރަނގަޅުވެ، އެ ބައްޔަށް ނެގެޓިވް ވުމަކީ ރާއްޖެއަށް އޮތް ރިސްކް ކުޑަވުމެއް ނޫން ކަމަށެވެ.
ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ އަދިވެސް ގޭގަ އެކަހެރިވެ، ސޯޝަލް ޑިސްޓޭންސް ވުން ހުއްޓާލަންވީ ކީ ނޫން ކަމަށާއި، ސަބަބަކީ ރާއްޖެއިން ބޭރުން އަދިވެސް މީހުން އަންނަ ކަމަށާއި، އަދި އެއާ އެކީގަ ބަލި މީހުންނަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ކޮންމެ ބަލި މީހެއް ފަރާތުންވެސް އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. މުހައްމަދު އިސްމައީލް ވިދާޅުވިއެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހަކު އެ ބައްޔަށް ނެގެޓިވް ވެ އެ ބަލިން ރަނގަޅު ވެފައިވާއިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރއިން 5 މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. އެ ދެ މީހުންވެސް ފަރުވާދޭ ތަނުން ގެއަށް ދޫކޮށް ލާފައިވާ ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުންދަނީ 8 މީހަކަށް ކަމަށްވެސް ޑރ. މުހައްމަދު އިސްމައީލް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު މި ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.