އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އޮޅުވެލި ބީޗް އެންޑް ސްޕާގެ މުވައްޒަފަކު މަރިވެފައިވާ އޮއްވާ ފެނިފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރީގައި މަރުވެފައި އޮއްވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މަރިވެފައި އޮއްވާ ފެުނީ ސްރީލަންކާއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނަކު ކަމަށެވެ. އަދި ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އޮޅުވެލި ރިސޯޓުގައި މީހަކު މަރުވެފައި އޮއްވާ ފެނިފައި ވާއިރު، މިމަހު 18 ވަނަ ދުވަހު، ކުންފުންޏެއްގެ ވިލިމާލެ އޮފީހުގެ ސެކިއުރިޓީ އޮފީސަރެއް، ވިލިމާލޭގެ ޖޯއްޔެއްގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އެއީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިމަު 10 ވަނަ ދުވަހު ވެސް، މާލޭ މާފަންނު އޮފީހެއްގެ ސެކިއުރިޓީ ގާޑަކު ވެސް ވަނީ މަރުވެފައެވެ. އެއީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.