އައްޑޫސިޓީ މީދޫ ކުޅީގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރި ވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފަ އިވަނީ މިއަދު މެންދުރު 13:15 ހާއިރު ކަމަށާއި، އަލިފާން ކޮންޓްރޯލް ކުރުމަށް، ހިތަދޫ ފަޔާ ސްޓޭޝަނުން މިހާރު ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އައްޑޫސިޓީ މީދޫ ކުޅީގައި އަލިފާނުގެ ހާދިސާ ހިނގި ގޮތެއް އަދި ރޯވެފައިވަނީ ކިހާ ސަރަހައްދެއްގައި ކަމެއް ސާފެއް ނުވެއެވެ. މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ކުޅީގައި ރޯވެފައި ހުރި ސަހަރައްދުގައި ހުރި ތަކެއްޗައް ލިބުނު ގެއްލުމެއްވެސް އަދި ސާފެއް ނުވެއެވެ.

ދާދިފަހުން ވެސް އައްޑޫ ސިޓީ އިކުއޮޓޯރިއަލް ހޮސްޕިޓަލް ކައިރި ވަލުތެރޭގައިވެސް ވަނީ އަލިފާން ރޯވެފައެވެ. އެދުވަހު ރޯވި އަލިފާންގަނޑު 200 ފޫޓަށް ފެތުރުނު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.