ރާއްޖޭގެ އެކި ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 496 ފަރާތެއް ތިބި ކަމަށް މަބްރޫކްކޮވިޑް19 ގެ ތަރުޖަމާން މުހައްމަދް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބަރޫކް ވިދާޅުވީ، ރާއްޖޭގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީ ތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 496 މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގެ ގިނަ ރައްތަކެއް ކަރަންޓީން ފެސިލިޓީ އަށާއި އައިސޮލޭޝަށް ދީފައިވެއެވެ. އޭފެ ތެރޭގައި ވެލިދޫ އައިސޮލޭޝަން ފެސިލިޓީ، ފަން އައިލެންޑް، ބިޔާދޫ ކަރަންޓީން ފެސިލިޓީ، ކުޑަ ބަނޑޮސް، ދިއްގިރި، ހޮލިޑޭއި އައިލެންޑް ކަރަންޓީން ފެސިލިޓީ، އަދި ޑީއެޗް11 ގަ ތިބީ މިހާރު މި ބަލިން ރަނގަޅުވެ އެހެން ނަމަވެސް ކަރަންޓީން ކޮށްފައިވަ ދެ މީހަކާއި، ބައްޔަށް ޕޮޒިޓިވްވި އަދި ޑޮކްޓަރުން ގާތުން ބަލައި ފަރުވާ ދެމުންދާ އެކަކު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 5 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.