ކޮވިޑް-19އާ ގުޅިގެން ހެލްތް މިނިސްޓްރީން އެކުލަވާލާފައި ވާ، ހޮޓްލައިން ނަންބަރަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 988 ކޯލް ކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖުމްލަ 13،920 ފޯނު ކޯލް މިހާތަނަށް ހޮޓްލައިން ނަންބަރު 1676 އަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 988 ފޯނު ކޯލަކީ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮށްފައިވާ ފޯނުކޯލު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، މިމަހު 16 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯލް ސެންޓަރަށް ލިބިފައި ވަނީ 6631 ކޯލެވެ. އަދި އެ ދުވަހު 976 ފޯނު ކޯލު ކޮށްފައި ވެއެވެ. މި މަހުގެ 16 އިން ފެށިގެން މިއަދާ ހަމައަށް ކޯލް ސެންޓަރަށް ކޮށްފައިވާ ކޯލްގެ އަދަދު މިވަނީ 52 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ ހަފްތާ ތެރޭގައި މި ވަނީ 7289 ކޯލްގެ އިތިރުވުމެއް އައިސްފައެވެ.

މިއަދަދު އިތުރު ވެފައިވާއިރު ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއޯނޭ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާއާ ކޮންތެކްތްވީ މީހުން ހޮޓަލައިނަށް ގުޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފެލައިނީ ދަތުރު ކުރީ މޮރޮކޯއިން ދުބާއީއަށް އަދި ދުބާއީން ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. މި މަހުގެ 12 ވަނަ ދުވަހު ފެލައިނީ ރާއްޖެއިން ފުރައިގެން ފުރަތަމަ ދިޔައީ ދުބާއިއަށް ކަމަށާއި އެއަށް ފަހު ރަޝިއާއަށް އަދި ޗައިނާއަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފެލައިނީ ޗުއްޓީ ހޭދަކޮށްފައި ވަނީ ރީތިރަށް ރިސޯޓުގައެވެ. އެ ރިސޯޓްގައި ކޮންޓެކްޓްވި މީހުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއެއިން ދަނީ އަޅަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވް ވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހެވެ.

މި ކޭހާ ގުޅިގެން މަބްރޫކް ވިދާޅުވެފައި ވަނީ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވެނީ ރާއްޖެއިން ދަތުރުކޮށް ދިޔަ ފަހުން ކަމަށް ވިޔަސް އެކަން އިތުރަށް ބަލަމުން ގެންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން