ދަޕްރެސް ރޯދަ ކުއިޒް

"ދަ ޕްރެސް" ގެ ރޯދަ ކްއީޒަކީ ކިޔުންތެރިންގެ އާންމު މައުލޫމާތާއި ޖަވާބު ދިނުމުގެ ހުނަރު ވަޒަން ކޮށްލުމަށް ރޯދައަށް ހާއްސަކޮށް ގެނެސްދޭ ބައެކެވެ. ކްއީޒުގައި ދައްކާފައިވާ 5 ސުވާލަށް އެންމެ އަވަހަށް އެންމެ ގިނަ ޖަވާބު ރަނގަޅު ކުރާ މީހަކަށް 'ފްޑްބޭންކުން' ރޯދަ ވީއްލުމެއް ލިބޭނެއެވެ. އަދި 2 މީހަކަށް 'މަޒާޑާ' އިން ކޮފީ ލިބޭނެއެވެ.

ރޯދައާއި ސުވާލު

"ދަ ޕްރެސް" ރޯދަ އާއި ސުވާލަކީ، ރޯދަ ނިމޭ އިރު އެންމެ ގިނަ ސުވާލު ރަނގަޅު ކުރާ ފަރާތަކަށް އެސްޓްރަބޯން އިން ހުށަހަޅާ ކެފިޓަލީ ކޮފީ މެޝިނެއް ލިބޭ މި ޕްރޮގްރާމުގައި ކޮންމެ ދުވަހަކު ހެނދުނު 6 އިން 12 އަށް 1 ސުވާލު، މެންދުރު 12 އިން އިރުއޮއްސި 6 އަށް 1 ސުވާލު އަދި އިރުއޮއްސި 6 އިން ރޭގަނޑު 12 އަށް 1 ސުވާލު ހުށަހަޅާނަމެވެ. ކޮންމެ ސުވާލެއްގެ ޖަވާބުވެސް އެ ސުވާލަކަށް ކަނޑައަޅާފައި އޮންނަ ގަޑި ހަމަވުމުގެ ކުރިން ފޮނުވަން ވާނެއެވެ. ގަޑީގެ ފަހުން ފޮނުވާ ޖަވާބު ބަލައެއް ނުގަނެވޭނެއެވެ