ދަޕްރެސް ރޯދަ ކުއިޒް

"ދަ ޕްރެސް" ރޯދަ ކްއިޒް އަކީ، ކިޔުންތެރިންގެ އާންމު މައުލޫމާތާއި ޖަވާބު ދިނުމުގެ ހުނަރު ވަޒަން ކޮށްލަން މި ރޯދަމަހަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ބައެކެވެ. ކްއީޒުގައި ދައްކާފައިވާ 5 ސުވާލަށް އެންމެ އަވަހަށް އެންމެ ގިނަ ޖަވާބު ރަނގަޅު ކުރެވޭ މީހަކަށް ކޮންމެ ދުވަހަކު ފްޑްބެންކުން ހިލޭ ރޯދަވީއްލުމެއް ލިބޭނެއެވެ.

ރޯދައާއި ސުވާލު

"ދަ ޕްރެސް" ރޯދަ އާއި ސުވާލަކީ، ރޯދަ ނިމޭ އިރު އެންމެ ގިނަ ސުވާލު ރަނގަޅު ކުރާ ފަރާތަކަށް އެސްޓްރަބޯން އިން ހުށަހަޅާ ކެފިޓަލީ ކޮފީ މެޝިނެއް ލިބޭ މި ޕްރޮގްރާމުގައި ކޮންމެ ދުވަހަކު ހެނދުނު 6 އިން 12 އަށް 1 ސުވާލު، މެންދުރު 12 އިން އިރުއޮއްސި 6 އަށް 1 ސުވާލު އަދި އިރުއޮއްސި 6 އިން ރޭގަނޑު 12 އަށް 1 ސުވާލު ހުށަހަޅާނަމެވެ. ކޮންމެ ސުވާލެއްގެ ޖަވާބުވެސް އެ ސުވާލަކަށް ކަނޑައަޅާފައި އޮންނަ ގަޑި ހަމަވުމުގެ ކުރިން ފޮނުވަން ވާނެއެވެ. ގަޑީގެ ފަހުން ފޮނުވާ ޖަވާބު ބަލައެއް ނުގަނެވޭނެއެވެ