މިއަދުގެ ރެސިޕީ މި ހާއްސަކޮށްލަނީ ގޭގަ އުޅޭ ކުޑަކުދިން ހިތްހަމަ ޖައްލާސަދޭން ތައްޔާރުކޮށްލާނެ ފަސޭހަ އަދި މީރު ރެސިޕީއެކެވެ. މަދު ވަގުތު ކޮޅަކުން ތައްޔާރުކޮށްލެވޭ މި ރެސިޕީގައި ސޮސެޖުގެ ބަދަލުގައި ކުކުޅު ވެސް ބޭނުން ކުރެވިދާނެއެވެ.
ޗީޒް ގާލިކް ހޮޓް ޑޯގް ބްރެޑް އަކީ ރޯދަމަހަށް ފަހުވެސް ކުދިންގެ އިންޓަވަލްގެ ގޮތުގައި ތައްޔާރުކޮށްލަން ވެސް ކަމުދާނެ ޑިޝްއެއް ކަމަށް އުންމީދު ކުރަމެވެ.
ބޭނުންވާ ތަކެތި:
- ޕާން
- ސޮސެޖް
- ބިހުގެ ގޮބޮޅި
- ބަޓަރު
- މަޔޮނައިޒް
- ލޮނުމެދު
- ޕާސްލޭ
- ލޮނު
- އަސޭމިރުސް
- ޗީޒް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތައްޓަކަށް ބިހުގެ ގަބުޅި ބައި، ބަޓަރު، މަޔޮނައިޒް، ލޮނުމެދު، ލޮނު އަދި ޕާސްލޭ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްކައިރީގައި ބަހައްޓާލާށެވެ.
ޕާން ފޮތީގެ މައްޗަށް ސޮސެޖު ލުމަށްފަހު އޮޅާލާފައި ޓޫތް ޕިކް އަކުން ހައްޔަރުކޮށްލާނީއެވެ. ދެން ރިން ތައްޔާރުކުރި ބަޓަރު މިކްސް ގަނޑު ރީތިކޮށް ޕާނާއި ސޮސެޖު މަތީގައި ހާކާލުމަށްފަހު ގާނާފައި ހުރި ޗީޒް އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ.
