ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކަރިއާ މަގާމާ ހަވާލުވިތާ އެންމެ ފަސް ދުވަސް ފަހުން، ރައީސް ޑޮނަލްޑް ޓްރަޕް އޭނާ މަގާމުން ވަކިކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ މާގާމާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް އެދެވޭ ގޮތެއްގައި ޖަވާބު ނުދެވި، ވަރަށް އަވަހަށް ބްރީފިންގް ނިންމާލަން ޖެހުމުން ގިނަ ފާޑުކިއުންތަކެއް އަމާޒުވުމާއި ގުޅިގެންނެވެ.

އެންމެ ފުރަތަމަ ޓްރަމްޕް ވަނީ މީޑިއާގެ ފާޑުކިޔުންތަކުން އޭނާ ދިފާއުކޮށް އޭނާގެ ވަފާތެރިކަމަށް ތައުރީފުކޮށްފައެވެ. އެހެންނަމަވެސް މި ފަދަ ބުރަ މަގާމަކީ އޭނާއަށް އެންމެ އެކަށީގެންވާ މަގާމެއް ނޫން ކަމަށް ޓްރަންޕް ފަހުން ގަބޫލުކުރި ކަމަށް މީޑިއާ ރިޕޯޓްތައް ވަނި ބުނެފައެވެ. އަދި މި މަގާމާ މެދު އަލުން ވިސްނާލުމަށް ޓްރަޕް ކުރިންވެސް ޒަކަރިއާއަށް އިންޒާރު ދިންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒަކަރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނީ އެންމެ ތިން ސުވާލަށެވެ. ޒަކަރިއާ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ކަމަށް ވިދާޅުވި ނަމަވެސް އޭނާ ބާ އިމްތުހާނު ފާސްވެފައި ނުވާކަމަށް ބުނާ ވާހަކަތަކެއްވެސް ވަނީ ފެންމަވތިވެފައެވެެ.

އޭނާ މަގާމަށް އައްޔަންކޮށްފައިވަނީ އޮކްޓޯބަރު 9، 2026ގައެވެ. ނަމަވެސް، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ވަނީ އެމެރިކާގެ ތާރީހުގައިވެސް އެންމެ ކުރު މުއްދަތަކަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީކަން ކުރެއްވި ބޭފުޅާގެ ގޮތުގައި ހިމެނިވަޑައިގެންފައެވެ.

ވައިޓް ހައުސްގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ކެޓީ ޒަކަރިއާ ވަނީ ޓްރަމްޕްގެ ސޯޝަލް މީޑިއާ ކުންފުނި ކަމަށްވާ ޓްރޫތް ސޯޝަލް ހިންގާ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕްގެ މީޑިއާ އެޑްވައިޒަރެއްގެ ގޮތުގަ އާއި ފޮކްސް ނިއުސްފަދަ ކޮންޒަވޭޓިވް ޗެނަލްތަކުގެ ކޮމެންޓޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.