ނިމިދިޔަ ސަރުކާރުން މި ސަރުކާރުގެ ބޮލުގައި 120 ބިލިއަން ރުފިޔާގެ ދަރަންޏެއް އަޅުވާފައިވާ ކަމަށް ރައީސް ދެއކެވި ވާހަކަފުޅުތަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފިއެވެ.
މިދިޔަ ނޮވެންބަރު 17 ގައި މަސައްކަތާ ހާވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައި އޮތީ ކުރީގެ ސަރުކާރު ނިމިގެންދިޔައިރު ކުރިމަތިކޮށްފައިވާ އިގްތިސޯދީ ހާލަތު ކަމަށް ރައީސް ވިދާޅުވެފައި ވަނީ ދެކުނުގެ އަތޮޅުތަކަށް އެމަނިކުފާނު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ދައްކަން ރައްޔިތުން ބޮލުގައި 120 ބިލިއަންގެ އިތުރަށް 9 ބިލިއަން ރުފިޔާ ދަރަންޏެއް އޮތް ކަމަށާއި މި ފައިސާ ދެއްކުމުގެ މަސައްކަތް ފަށައިގެން މިދިޔަ ތިން މަހު ކުރަމުންދާ ކަމަށެވެ. އަދި މިއީ މި ސަރުކާރު އައިސްގެން އަލަށް ދައްކަން ޖެހިފައި ހުރި ފައިސާއެއް ނޫން ކަމަށާއި މިއަދު ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކާ ގޮތުން ހީވަނީ މިއީ މި ސަރުކާރު އައި ފަހުން ރައްޔިތުންނަށް ދަރާފައި ހުރި ފައިސާތަކެއްގެ ގޮތުގައި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެވާހަތަކަށް ރައްދު ދެއްވަމުން އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަމީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލަ އަދަދަކީ 51.1 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އެ 51 ބިލިއަން ރުފިޔާ އަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދައުލަތުން ސޮވްރިންގް ގެރެންޓީ ދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ އަދަދު ކަމަށެވެ.
އަދި އަމީރު ހިއްސާ ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް މި ގައުމު ނުހުއްޓޭނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި 2018 ވަނަ އަހަރު އެމްޑީޕީން ސަރުކާރާ ހަވާލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލުތައް އަދާ ކުރަން ހުރި ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން އޭރު އެވާހަކަތައް ނުދައްކާ ކަމަށް އަމީރު ވިދާޅުވިއެވެ. ރައީސް އަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަމީރު ވިދާޅުވީ މި ސަރުކާރު މިހާރަށް ވުރެ ޒިންމާދާރު ވާޏްޖެހޭ ކަމަށެވެ. އަދި އަމީރު ވަނީ އެ ތަފްސީލް ތަކާ ގުޅޭ ހުރިހާ މައުލޫމާތެއް އެކްސްގައި ހިއްސާ ކުރައްވާފައެވެ.
އަމީރު މީގެ ކުރިންވެސް ވަނީ މި ސަރުކާރުގެ ފަރާތްތަކުން ފަތުރަމުންދަނީ ދޮގުވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށް ވިދާޅުވެ ދާދިފަހުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަަތަކަށްވެސް އަމީރު ރައްދު ދެއްވާފައި ވެއެެވެ.
އެވާހަކަތަކަށް ރައްދު ދެއްވާ އަމީރު ވިދާޅުވީ ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އެ ސަރުކާރުގައި ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން މިފްކޯއަށް މަސްވެރިންނަށް ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ހަމަޖައްސާދީފައިވާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި މިއަށްވުރެ މާ ދަތި ދުވަސްތަކުގަވެސް ފައިސާ ދޫކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ސަރުކާރު ނިމުނުއިރު އޮތީ 120 ބިލިޔަންރުފިޔާގެ އަރަނިތޯ؟ މިރާއްޖޭގެ މިއުޅެނީމުޅިން ގުބޯއިންކަމެށްތޯ ކަލޯމެން ތިޔަހީކުރަނީ މިގައުގައި މިހާރުކޮހުން ނެށްނޫޅޭ އެހެން ހީނުކުރާތި
ތަންތަނަށް ނުދައްކާހުރި ބިލުތަކޯ ވިއްކާފާހުރިހާ ޓީބިލޯ ބެންތަކުން ނަގާފާހުރި ލޯނޯ ޗާޕްކުރިހާ ދިވެހި ރުފިޔޯ
ޗޯރަކަކަށް ދެރަ ޗޯރެއްނެތް ހައްތާވެސް އިއްޒައްތެރި ޗޯރުން މާތްވި ޗޯރުން
މިދެމީހުންގެ ލަދުހަޔާތް ނެތީމަ ކޮންމެކަހަލަ އެއްޗެކޭވެސް ކިޔާނެ 40 އަހަރުގެ ވެރިކަމުގައި ދަރަނި ނުނަގާވަރަށް ސޯލިހު ދައުރުގައި ދަރަނިނަގާ ސަރުކާރުގެ ވައްކަންތައް ހައްދުންނެއްޓޭވަރަށް ހިންގާލި ދެމީހުން ހިސާބު ދިމައެއްނުވެޔޭ ކިޔަނީ ހަމަ ލަދުގެ ކަންފުކެއްވެސް ނެތީމަ.
ލަދުގަތަސް ހަމަ ކުރީސަރުކާރުން މުޅިދައުލަތް ދަވާލީ.
މުޅި ރަތްޔަތުންނާ ދައުލަތް ވިއްކާކާލި ދެ ހިޔަޅު އަނެއްކާ ވެސް ރަތްޔަތުންނައް އޮޅުވައިލަނީތޯ ތިޔަ ބޭލެނީ ސޯޓު
ދޮގުކުރާނެކަމެއްނެއް އެއިރުވެސް ކިޔާ މޑޕ މީހުންވެސް ބުނަށްތިއުޅެނީ ސަތޭކަ ވިހި.ބިލިޔަން ބަޖެޓުގާހުރެފާ ދަރަނި ޒީރޯއޭތަ
ކަލޭމެން ހަދާ ދޮގު ރައްޔިތުންނަށް ވަރައްސާފު މިދުނިޔެމަތީގައި ތިވަގުން ތި ކިބުލާ ތިއަމީރާ ތިގަންޖާޔާ ތިއަލަމްގިރިތައް ރައްޔަތުން ދަސް ބަޅާ ޗޯރު ޗޯރު