ހުޅުމާލޭ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވެފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި އިންޑަސްޓްރިއަލް ޒޯންގައި ހުރި އެންސިސް ގުދަނެއްގައި ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިރޭގެ އިރާކޮޅު 18:48 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

ގުދަނުގައި ރޯވުމުން ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުންދާއިރު އިތުރު ތަފްސީލެއް ފުލުހުންނާއި އެމްއެންޑީއެފް އިން ވެސް ހާމަކޮށްފައި ނުވެއެވެ.