ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާރު ހުންނެވީ ކޮން ބޭފުޅެއްކަން ކަށަވަރު ކުރުމަށް އިދިކޮޅު ޕީޕީއެމް ގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިންގަޕޫރުގައި ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަކަށް އެމަނިކުފާނު ހޭފުޅުނައްތަން ޖެހުމާ ގުޅިގެން ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ނައިބުރައީސް ފައިސަލް ނަސީމް ވަނީ ހަވާލުވެވަޑައިގަންފައެވެ.
ފެބްރުއަރީ 25، 2022 ހެނދުނު 6:00 ގައި ނައިބު ރައީސްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30 ގައެވެ.
އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅީ ފައިސަލް ރައީސްކަމުގެ ހުވާކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން ރައީސް ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެއެވެ.
އިދިކޮޅުގެ ގާނޫނީ ވަކީލުންގެ ޓީމަކުން މައްސަލަ މިއަދު ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ޒިންމާތައް އަދާނުކުރެއްވޭ ހާލަތެއް މެދުވެރިގެން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެވުމުން ފައިސަލް ރައީސް ކަމުގެ ހުވާ ކުރެއްވުމުން ރައީސް ސޯލިހަށް މަގާމުގައި މިހާރު ހުންނެވޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.
ވަކީލުން އިތުރަށް ވިދާޅުވީ މި މައްސަލައަކީ ރާއްޖޭގެ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، ދިވެހިންނަށް ރައީސުލްޖުމްހޫރިއްޔާ އަކީ ކޮންބޭފުޅެއްކަން އޮޅިފައިވާ ކަމަށެވެ. އަސްލަކީ އެންމެ ފަހުން ހުވާކުރެއްވި ބޭފުޅަކީ ރައީސްކަމަށް ބެލުންކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ. މި މައްސަލަ މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުން ބަލައިގެންފައެއް ނުވެއެވެ.
ރާޑީ ވެގެންގޮސް ހެދޭނެެހެދޭ ނޭނގޭ ހިސާބުގަ. 2018 ނޮވެމްބަރ10 އިން ފެށިގެން މިއަދާ ހަމައަށް އެއީ ނެތް ދުވަސް ތަކެއް ކަމަށް ކަނޑައަޅަން ހުށަހަޅަން ފެނޭ. އެއިރުން ރައީސް ކަމުގަ ހުންނާނީ އަދިވެސް ޔާމީން.
ރައިސް އަކީ ވަގު ޔާމީންއެކަނި ކުރާނެކަމެއް ނެތިއްޔާ ސީލާފަ ސީތަފާލުގަ ދަޑިންތަޅާބަލަ ގަޔައްތިކިބުރާނެ ގިނައިރުވަސްހުނާނެ