ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށް މޯލްޑިވްސް ނެޝަަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީގެ ފަރާތުން “ރައްޔިތުންގެ އުދާސް” ނަމުގައި ބޭއްވި ޖަގަހަ ޖަލްސާގައެވެ.
ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ ކަމަށާއި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނާޒިމްް ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަން ކުރާ މީހުން ޖަލަށް ލުމުގެ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ފެންނަމުންދަނީ "ސެލެކްޓިވް ޖަސްޓިސް" ކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެމްއެންޕީއާރްސީ މައްސަލައިގައި ވަރަށް ގިނަ ބަޔަކު ޝާމިލްވީ ނަމަވެސް ހަމައެކަނި "އިނގިލި ދިމާކޮށްލާފައި" އަދަބު ލިބުނީ ހަމައެކަނި ރައީސް ޔާމީންއަށް ކަމަށެވެ. އަދި "ސެލެކްޓިވް ޖަސްޓިސް" ރާއްޖޭގައި އޮވެގެން ނުވާނެ ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ލިބިގެން ނޫނީ ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކަކީ ފުރިހަމަ އިންތިހާބުތަކަކަށްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަ ދޭނެ ކަމަށް ވެސް ނާޒިމްގެ ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމާއި ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ބޯހިޔާވަކަމުގެ ދަތިކަމާއި އިގްތިސޯދީ ގޮތުން ރައްޔިތުން ނިކަމެތިވެފައި ތިބި ތިބުމަށް ހައްލު ހޯދާ ދޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ނާޒިމްގެ ގެއިން ފިސްތޯލައެއް ފުލުހުން ހޯދާ ކުރި ދައުވާ ސާބިތުވެ ނާޒިމް ވަނީ ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކޮށްފައެވެ.
ނާޒިމަކީ ރޔ ވެރިކަމުގަ ހުއްޓަނުދޭން އެސަރުކާރު ތެރޭ ހުރެ ގާސިމް އާއި ގުޅިގެން ރޔ ގެ ދުވަސް ދުއްވާލަން ތަފާތު ކަންތަށް ރޭވި މީހެއް މިހާރު ކީކޭ މިކިޔަނީ ޕޕއެމް ތެރެއަށް ވަދެގަނނެ އަނެއްކާ މިހިޔަޅު ނާޒިމު މިއުޅެނީ ކީއްކުރާންތަ؟ ނާޒިމަކީ ދުވަހަކުވެސް ރޔ އަށް ހިތް ހެޔުވާނެ މީހެއްނޫން މަށައް ނީޒިމް ރޔ އަށް ކިޔާ އެއްޗެހި އެނގޭ.