ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) މިރޭ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސާންތީ ދިޔައީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންނެވެ. އަދި އޭނާ ނިޔާވެފައި ވަނީ މިރޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
2023 ވަނަ އަހަރު ތެރޭގައި ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި ސާންތީ ހުރުމަށް ފަހު އެ މަގާމުން އޭނާ ވަކިވެފައި ވަނީ ބަލި ހާލަތު ގޯސްވުމުންނެވެ. ނަމަވެސް އެއަށް ފަހު ވެސް އޭނާ އަންނަނީ ވީ ވަރަކަުން ފުޓްބޯޅަ ދާއިރާއިން އެހީތެރިކަން ފޮރުކޮށް ދެމުންނެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ މަޝްހޫރުވެގެން ދިޔައީ ކްލަބް އީގަލްސްގެ ކޯޗުގެ މަގާމުންނެވެ.