މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ރ. ކިނޮޅަހާ ދިމާލު ބޭރުން ކަނޑުމަތިން އޮޔާ ދަނިކޮށް ފެނިއްޖެއެވެ.

ފުލުހުން ބުނީ، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެއީ ރ. ކިނޮޅަހާ ދިމާލު ބޭރު ކަނޑުމަތިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައުލޫމާތު ލިބުމާ އެކު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ބަަން ޖެހޭ ކަންކަން ބަލަމުން އަންނަ ވެސް ބުނެފައި ވެއެވެ.

ނަމަވެސް އޮޔާދަނިކޮށް ފެނުނު މީހާ އަކީ ކޮން ޖިންސެއްގެ މީހެއް ކަން އަދި ކޮން ގައުމަކަށް ނިްސްބަތްވާ މީހެއް ކަން އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނެފައި ވަނީ އިތުރު މައުލޫމާތު ލިބެމުންދާ މިންވަރަކުން ހިއްސާ ކުރާނެ ކަމަށެވެ.