ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްއިން ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިން ސިމް ކާޑެއް ނެރެފިއެވެ.
އުރީދޫގެ މި ސިމް ކާޑު ލޯންޗުކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. މުހައްމަދު ޝަހީމް އަލީއާއި، ސައުދީގެ އެމްބެސެޑާ އަބްދުﷲ އަލް އަޖަލިން އަލްޑަސަރީ އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އިސްމާއީލް ހަމީދެވެ.
އުރީދޫއިން ބުނީ މި ސިމްގެ އަގަކީ 1 ހާސް ރުފިޔާކަމަށާއި މި ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫއިން ގަނެވޭނެކަމަށެވެ. އަދި ސައުދީ އެއާޕޯޓަށް ފައިބާ ސިމް ލެއްވުމުން އިންޓަނެޓްގެ ހިދުމަތް ލިބޭނެކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.
މި ސިމް ކާޑު ތައާރަފްކުރައްވަމުން އިސްލާމިކް މިނިސްޓާ ޑރ. މުހައްމަދު ޝަހީމް އަލީ ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ހައްޖުގެ އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމައުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދާކަމަށެވެ.
އުރީދޫގެ މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމުގެ އިތުރުން 60 އެސްއެމްއެސް ރޯމިންގައި ބޭނުންކުރެވޭ ގޮތަށް ވަނީ ބަންޑްލް ކުރެވިފައެވެ. އުރީދޫއިން ބުނީ މިއީ އުމްރާއަށް ދާމީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫއިން ތައާރަފްކުރި ހިދުމަތެއްކަމަށާި އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.