ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ އުރީދޫ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިއާ މިއަދު ހޮވައިފިއެވެ.
އުރީދޫ އިން ބުނީ މި އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތަކީ އާސިޔަތު ޔޫސުފް ކަމަށާއި، އެ ފަރާތާއި މިހާރު އުމްރާ ދަތުރު ހަވާލުކޮށްފައިވާ ކަމަށެވެ. ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ އުރީދޫ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާއަށް އުރީދޫ އިން ވަނީ މަރުހަބާ ކިޔާފައެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަށާފައިވާ ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ އޭޕްރިލް 24ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އަހުމަދު ސައްދާމް އެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ ކަސްޓަމަރުން 250 އިން މަތީގެ ބިލް ދައްކާލައިގެން ނުވަތަ ރީޗާޖް ކޮށްގެން ނުވަތަ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށެވެ. އަދި އަލަށް އުރީދޫއަށް ވަންނަ ކަސްޓަމަރުން 400ރ. ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ޖުމުލަ 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ނަސީބުވެރި 2 ފަރާތަކަށް ހައްޖު ދަތުރެއް ލިބިގެންދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އިން ދަނީ އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ ތަފާތު ޕްރޮމޯޝަންތަކާއި އިނާމުތައް އެކި ދުވަސްވަރު މަތިން ދެމުންނެވެ.