ސެމްސަންގް ވެއަރަބަލްސްގެ ހިދުމަތް އުރީދޫއިން ތައާރަފު ކޮށްފިއެވެ. މިއީ ރާއްޖޭގައި ސެމްސަންގް ގަޑިއަށް މި ހިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.
އުރީދޫ އިން ބުނީ މިއީ ކަސްޓަމަރުންނަށް ސްމާޓްވޮޗުން ސީދާ ގުޅާލެވުމުގެ ފުރުސަތު ފަހިކޮށްދީ، ފޯނު ކައިރީގައި ނެތް ވަގުތު ތަކުގައިވެސް ކަނެކްޓް ވެފައި ހުރުން ޔަގީންކޮށްދޭ ހިދުމަތެއް ކަމަށެވެ. މި ހިދުމަތް ލިބިގެންދާނީ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށް ކަަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން ސެމްސަންގް ސްމާޓްވޮޗުން މީހުން ބޭނުންވާ އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އީސިމް ކެޕޭބިލިޓީގެ ސަބަބުން ފަސޭހަކަމާއެކު ކަނެކްޓިވިޓީ ލިބި، ބޭނުންކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަކަން ލިބިގެންދާނެކަން އުރީދޫ އިން ވަނީ ފާހަގކޮށްފައެވެ.
"އާންމު ދިރިއުޅުން ކުރިއަރުވައި، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިސްނުމަށް އެހީތެރިވެދޭ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަކީ ކަސްޓަމަރުން ގުޅިފައި ތިބުމަށާ، ސިއްހަތު މޮނިޓާކޮށް، އެމީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކަމާ މިނިވަންކަމާ އެކު ބެލެހެއްޓުމަށް ބާރުއެޅުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް." އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް- ހަމާދީ ވިދާޅުވިއެވެ.
ސެމްސަންގް ސްރީލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސެމްސަންގް އަކީ އީޖާދީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި، އެ ޓެކްނޮލޮޖީގެ ސަބަބުން އާންމު ދިރިއުޅުން ހަރުދަނާ ކޮށްދޭ ކަމަށެވެ.
"އުރީދޫ މޯލްޑިވްސް އާއި ގުޅިގެން އަޅުގަނޑުމެންގެ ސްމާޓްވޮޗްތަކަށް އީސިމް ގެ ފަންކްޝަނަލިޓީ ތައާރަފްކޮށް، ފޯނު ބޭނުންނުކޮށް، ކޮންމެ ތަނަކަށް ވިޔަސް، ގުޅާލެވިގެން ތިބެވޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ލޯންޗުން ދައްކުވައިދެނީ ޑިޖިޓަލް ލައިފްސްޓައިލް ޕްރޮމޯޓްކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް މުހިންމު އިނޮވޭޝަންތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ އަހައްމިއްޔަތުކަން." ސަންގްވާ ސޯންގް ވިދާޅުވިއެވެ.
ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ މުއްދަތަށްފަހު ކޮންމެ މަހަކު 199 ރުފިޔާގެ ޗާޖެއް މި ހިދުމަތަށް ނަގާނެއެވެ.