ހުޅުމާލެ ފޭސް 2ގެ ފެންސު ޖެހި ސަރަހައްދަށް ހުއްދަނެތި ވަނުމަކީ މަނާކަމެއް ކަމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ބުނިީ، މިދުވަސްވަރަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއް ކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިން ދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުން ކަމަށެވެ.

ހުޅުމާލޭގެ ފޭސް 2 ގެ ފެންސް ޖެހި ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށް ވެފައި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އާބަންކޯއިން ބުނީ، ފޭސް 2 ގެ ފެންސް ޖެހި ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ނުވިނަމަވެސް މަދުންނަމަވެސް އާންމުން އެސަރަހައްދަށް ވަންނަކަން އެކޯޕަރޭޝަނަށް ފާހަގަކުރެވިފައި ވާ ކަމަށެވެ.

އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން އެ ސަރަހައްދަށް ނުވަނުމަށް އެކޯޕަރޭޝަނުން އިލްތިމާސް ކޮށްފައިވާ ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

ވީމާ ހުއްދައެއްނެތި، ޒަރޫރީ އެއްވެސް ބޭނުމަކާއި ނުލައި އެ ސަރަހައްދަށް ނުވަނުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.