ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އިމިގްރޭޝަންއިން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އަދި ވިސާ ޗެކް ކުރުމަށްފަހު، އިމިގްރޭޝަންގެ ގާނުނާ ހިލާފުވާ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި އަދި ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ އެންމެހާ މަސައްކަތް ކުރާނެ ކަމަށް އިމިގްރޭޝަންއިން ބުނެއެވެ.
އިމިގްރޭޝަންއިން ބުނީ އެ ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދު ކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާ އެއްގޮތަށް ބައްޓަން ކުރުން ކަމަށެވެ. އަދި މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، ބޭރުގެ އެމްބަސީތަކާއި ރައްޔިތުންގެ އިތުރުން މިކަމާ ގުޅުން ހުރި އެންމެހާ ފަރާތްތައް ޝާމިލްކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.
އެ އޮޕަރޭޝަން ކުރިއަށްދާއިރު އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށް ވެސް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަންއިން ވަނީ މި އަހަރު ވެސް އޮޕަރޭޝަން ތަކެއް ހިންގާފައެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 16 ތަނެއް ރައިޑްކޮށް 66 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ލޯ ކުރިމަތީ ސަގަރޭ ޕާރކުގައި ތި ތިބީ އެމީހުން.
މިހާރު ކޯޓާތައް ހުރި ފަރާތްތަކާއި މީހުން އެތެރެކޮށްފައި ހުރި އަދަދާއި ބޭނުންތައް އެނގޭނޭ އާންމު ދަފްތަރެއް އެންމެނަށް ފެންނާނޭގޮތަށް އެކުލަވާލުން މުހިންމު. ވެބްސައިޓުން ފެންނަން ހުންނަންޖެހޭ އެބަ މިމަޢުލޫމާތު. ތިމާއަށް ނެނގިވެސް ތިމާގެ ނަމުގައިވެސް މިކަން ހިނގާފައި އެބަހުރި. އަދި އެއްކަމެއް ނުކުރާ ފަރާތްރަކުން ކޯޓާ ވިއްކައި ނަން ކިއްޔަށް ދޫކޮށްގެން އެބައުޅޭ.
ތިއޮޕަރޭޝަންތައް ފަށާއިރު ރާއްޖެތެރޭގަ ގަވާއިދާހިލާފަށްއުޅޭ އެންމެން އަތުލައިގެންގެނެސް ފޮނުވާލަބަލަ އަމިއްލަ ވިޔަފާރިތައްކުރާ ގަވާއިދާހިލާފަށްއުޅޭ ބައިވަރުމީހުން މީސްމީހުންގެ ގޭގެ ކުއްޔަށްނަގައިގެން އެއުޅެނީ އެމީހުންނާހެދި ދިވެހިންގެ ހުރިހާ ވިޔަފާރިއެއް މިދަނީ ދަށަށް ނުއަގުގައި ކުންފުނި ނަހަދާމަސައްކަތް ކުރިނީ އެވަރަށް މިކަންބަލާނުމީހަކުނެތް.