ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތު ކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އެ މައްސަލާގައި މި އަންނަ ހަފްތާގެ ކުރީ ކޮޅު ކޯތަށް ހުށަހެޅޭ ވަރުވާނެ ކަމަށާއި މިހާތަނަށް ހުރީ ކުށުގެ ޝިކާރައަކަށްވި ބައެއް މީހުންގެ މައުލޫމާތު ކަމަށެވެ. އައި އެ މައުލޫމާތުތަކުންވެސް ގާތްގަނޑަކަށް 225 ދައުވާ މަންޑޭގެ މައްޗަށް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މަންޑޭގެ ޕެންޓްހައުސްގައި ހުރި އަގުބޮޑު ބައެއް ސާމާނު / ފޮޓޯ: ޕީޖީ

ޝަމީމް ވިދާޅުވީ ކޭޕާކު ރެސިޑެންސްގެ އެޕާޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައި އެބަހުރި ކަމަށާއި އެގޮތުން 41 އެއް އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށެވެ. އަދި އެ މަންޒަރު ތަހުގީގުން މިހާތަނަށް ސާފުވެފައިވާ ކަމަށާއި ތަހުގީގު ފުރިހަމަ ކުރެވިފައި ވަނީ އޭގެ ތެރެއިން އެއްބައި މީހުންގެ ކަމަށާއި އެ ބައިތައް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މަންޑޭގެ ޕެންޓްހައުސްގައި ހުރި އަގުބޮޑު ބައެއް ސާމާނު / ފޮޓޯ: ޕީޖީ

ޝަމީމް ވިދާޅުވީ އެ މައްސަލާގައި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި އޮޅުވާލުމުގެ ކުށުގެ ދައުވާއާއި ޓެކުމުގެ ކުށުގެ ދައުވާ އަދި މަނީލޯންޑްރިންގެ ކުށުގެ ދައުވާ މަމްދޫހުގެ މައްޗަށް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ މީހެއްގެ މައްސަލާގައި ވަކި ވަކިން ދައުވާ ކުރާނެ ކަމަށާއި އަދަބުވެސް ލިބެން ޖެހޭނީ ވަކިން ކަމަށް ޝަމީމް ވިދާޅުވިއެވެ.

މަންޑޭގެ ޕެންޓްހައުސްގައި ހުރި އަގުބޮޑު ބައެއް ސާމާނު / ފޮޓޯ: ޕީޖީ

"އަދަބުވެސް ލިބެން ޖެހޭނީ ކޮންމެ އެއްޗަކަށް ވަކިން އެހެން ނޫނިއްޔާ މި ބުނެވެނީ ކުށް ކުރަންޏާ ގިނައިން ކުރާށޭ ނޫނީ ގިނައިން ކުރާ މީހަކަށް ވަކި ތަފާތެއް ނުގެންނަންޏާ ވައްކަން ކުރަންޏާ ފިސާރި ރަނގަޅަށް ވައްކަން ކުރާށޭތާ އެ ބުނެވެނީ އެ ގާނޫނު މާނަ ކުރާނެ ގޮތެއް ނޫނެއްނު"

https://www.facebook.com/thepressmv/posts/pfbid0TPWr1FUG4Mg1A8e1m7TRwv8f3vxW1dy3nQFRuYDmFporVKxXAL13y6ejHro8Czm1l

ޝަމީމް ވިދާޅުވީ އެ މައްސަލާގައި އެފްޑަބްލިޔުގެ ޕެންޓް ހައުސްއެއް އެއް އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއިއެއީ މަނީލޯންޑްރިންގެ ފައިސާއިން ގަނެފައިވާ އެޕާޓްމެންޓެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ފެންނަން ހުރި ލިޔުންތަކުން ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހުންނަށް ވިއްކާފައި ލިބުނު ފައިސާއިން ޕެންޓް ހައުސްގަނެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މަންޑޭގެ ޕެންޓްހައުސްގައި ހުރި އަގުބޮޑު ބައެއް ސާމާނު / ފޮޓޯ: ޕީޖީ

ޝަމީމް ވިދާޅުވީ އޭރު އެ އެޕާޓްމެންޓުގެ އަގަކީ 7.8 މިލިއަން ރުފިޔާ ކަމަށާއި އެ އެޕާޓްމެންޓު ބަލާ ފާސްކުރި އެތަނުގައި ހުރި މުދަލުގެ އަގު ގާތްގަނޑަކަށް 7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެތަނުގައި ނުކަނޑާހުރި 200 ވަރަކަށް ސެންޓް ފުޅިއާއި 90،000 ރުފިޔާގެ ލަގްޒަރީ އަތް ދަބަހާއި 10،000 އާއި 25،000 ޑޮލަރުގެ ގަހަނާ ހުރިއިރު އެތަނުން ފެނުނު ތަކެތީގެ އަގު 7 މިލިއަނަށް އަރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެތަނުގައި ހުރި މުދަލާ އެ އެޕާޓްމަންޓް ގަންނަން ހޭދަކުރި ފައިސާ ބަލާއިރު ދައުލަތުގެ ބައެއް އިދާރާތަކުގެ އަހަރެއްގެ ބަޖެޓަށްވުރެ ބޮޑު ކަަމަށެވެ.