އެމެރިކާގެ ސްޓޭޓް ޑިޕާޓުމަންޓުގެ ކުރީގެ އޮފިޝަލް އަދި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ އެޑްވައިޒަރެއް ކަމަށް ވާ ސްޓައުޓް ސެލްޑޮވިޒް އިއްޔެ ވަނީ, މެންހަޓަންގެ މަގުމަތީގައި ވިޔަފާރި ކުރާ މުސްލިމް ވިޔަފާރިވެރިއެއްގެ ގާޑިއަލަށް ވަދެ އެތާ ހުރި މީހާއާ ޒުވާބުކޮށް ގާޒާއިން އަދިވެސް ކުޑަކުދިން މަރަންވީ ކަމަށް ބުނެ އަދި ރަސޫލާއަށް ފުރައްސާރަ ކޮށްފައެވެ.
މި މައްސަލަ ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގެ އިތުރުން އެމެރިކާގެ މީޑިއާ ޕްލެޓްފޯމްތަކުގައި ހޫނުވެގެން ދިޔުމާއެކު އެމެރިކާގެ އޮފިޝަލުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ފުރައްސާތަ ކުރުމާއި, ނަފްރަތު އުފެއްދުމާއި ދިމާކޮށް މަލާމާތް ކޮށް ބިރުދެއްކުމުގެ ކުށުގައެވެ.
ނިއުޔޯކްގެ ފުލުހުން ބުނީ, އޭނާ އުމުރުން 24 އަހަރުގެ މީހަކާ އެތައް ފަހަރެއްގެ މަތިން ދިމާކޮށް އިސްލާމް ދީނާ ގުޅުވާ ރުޅިވެރިކަން އުފެއްދުމުގެ އިތުރުން އެމީހާއަށް ބިރުދައްކާފައި ކަމަށެވެ. ނަމަވެސް އޭނާ ގާޒާއިން ޝަހީދުވި ކުޑަކުދިންގެ އަދަދަށް އިޝާރާތް ކޮށް 'މަރުވި އަދަދު މަދު ކަމަށާއި އަދިވެސް މަރަންވީ ކަމަށް' ބުނި މައްސަލައަށް ފުލުހުން އިޝާރާތް ކޮށްފައެއް ނުވެއެވެ.
އޭނާ އެމީހާ އާ ކުރިމަތިލައި ބުނެފައި ވަނީ 'އަހަރެމެންނަށް ގާޒާއިން މަރާލެވުނީ 4000 ކުދިން ކަމަށް ވާނަމަ އެ އަދަދު އަދި މާ މަދު ކަމަށާއި އިތުރަށް މަރަންވީ ކަމަށް' އެވެ.
އެއާއެކު އެ ގާދިއަލުގެ ސޭޓު އޭނާ އަށް އިޝާރާތް ކޮށް 'ދާށޭ, ދާށޭ, ދާށޭ' ބުނެއެވެ. ރައްދުގައި ސްޓައުޓް ބުނަނީ 'ކަލޭތީ ޓެރަރިސްޓެއް' ކަމަށާއި ކަލޭ މިސްރަށް [އޭނާ ނިސްބަތްވާ ގައުމު] އަށް ފޮނުވާލާނެ ކަމަށެވެ. އަދި އޭނާ ދާތަނުން މިސްރުގެ ސީކްރެޓް ފުލުހުން އޭނާ ހައްޔަރު ކުރާނެ ކަމަށާއި އޭނާގެ އިތުރުން އޭނާގެ ބައްޕަވެސް ހައްޔަރު ކޮށް ނިޔަފައްޗަކުން ނިޔަފައްޗަކުން އުފުރާލާނެ ކަމަށެވެ. އޭނާ އިޝަރާތް ކުރަނީ މިސްރުގެ ސީކްރެޓް ފުލުހުން ހިންގާ ތަހުގީގުގައި ދޭނެ އަދަބަށެވެ.
މި ސްޓައުޓް އަކީ ބަރަކް އޮބާމާގެ ވެރިކަމުގައި ނޭޝަލަން ސެކިއުރިޓީ ކައުންސިލްގެ ދެކުނު އޭޝިއާ ގޮފީގެ އެކްޓިން ޑައިރެކްޓަރު ކަމާއި ސްޓޭޓް ޑިޕާޓުމަންޓުގެ އިޒްރޭލް އެންޑް ޕަލަސްޓައިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުރުމުގެ އިތުރުން އޮމާބާގެ އެޑްވައިރުކަންވެސް ކޮށްފައިވާ މީހެކެވެ.