ޖިމް ޑޭވިސްގެ 1976 އަހަރު ލޯންޗްކުރި ކެރެކްޓާ "ގާފިލްޑް"ގެ ލައިވް އެކްޝަން ފިލްމުގެ ރަސްމީ ޓްރެއިލާ ނެރެފިއެވެ.

މަޝްހޫރު "ގާފީލްޑް" ކޮމިކްއަށް ބިނާކޮށް ހަދާފައިވާ އެނިމޭޓެޑް "ގާފީލްޑް: ދަ މޫވީ"ގެ ރަސްމީ ޓްރެއިލާ ނެރެފައިވާއިރު އެ ޓްރެއިލާ އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. އަދި މި ފިލްމަށް އިންތިޒާރު ކުރެވޭ ކަމަށްވެސް ގިނަ ބައެއް ވަނީ ބުނެފައެވެ. ޓްރެއިލާ ފަށަނީ ގާފީލްޑް ކުޑައިރު ބަނޑުހައިވެގެން ހިނގަމުން ދަނިކޮށް ކާއެއްޗެހީގެ ވަސް ދުވައިގެން ވަސް ދުވާ ދިމާއަށް ދާ ހިސާބުންނެވެ. އަދި ރެސްޓޯރަންޓެއްގައި އެކަނިމާއެކަނި ޖޮން ޕިއްޒާ ކާން އިންދާ ގާފީލްޑްއަށް ފެނެއެވެ. އަދި ޖޮން އަށް އެ މަންޒަރު ފެނުމާއެކު ގާފީލްޑް ލޯބިކަމުން އޭނާ އަށް ކާންދޭން ރެސްޓޯރަންޓު ތެރެއަށް ވައްދާ މަންޒަރު ޓްރެއިލާއިން ފެނެއެވެ. އެއީ ޖޮން، ގާފީލްޑް އެޑޮޕްޓްކުރި ހިސާބެވެ.

ގާފީލްޑު ކެރެކްޓާ އަށް މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓްގެ އަޑުއަޅާފައިވާއިރު ގާފީލްޑްގެ ބައްޕައަށް އަޑު އަޅާފައިވަނީ ނިކް ފިއުރީގެ ރޯލް ކުޅޭ ސެމިއުލް އެލް ޖެކްސަން އެވެ. ގާފިލްޑް ކެރެކްޓާއަށް މީގެ ކުރިން ދެ ފިލްމެއް ހަދާފައިވާއިރު މިފަހަރުގެ ފިލްމުގެ ހެނާ ވޮޑިންގަމް، ވިން ރޭމްސް، ނިކޮލަސް ހޯލްޓް، ސެސިލީ ސްޓްރޯންގް، ހާވީ ގިއެން، ބްރެޓް ގޯލްޑްސްޓީން އަދި ބޯވަން ޔޭންގް އެވެ.

މި ކެރެކްޓާ އަށް ފުރަތަމަ އެނިމޭޓެޑް ފިލްމެއް އުފެއްދީ 2004 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2006 ވަނަ އަހަރުވެސް ވަނީ މި ކެރެކްޓާއަށް ފިލްމެއް އުފައްދާފައެވެ. މިފަހަރު ނެރޭ ފިލްމަކީ އަންނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.