ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުން ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލްމާނިއު ހުސައިން އިސްތިއުފާ ދެއްވައިފިއެވެ.

މިއަދު މާނިއު އެ މަގާމުން އިސްތިއުފާދެއްވާފައިވާއިރު، އިސްތިއުފާދެއްވި ސަބަބު ހާމަކޮށްފައެވެ.

ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި މާނިއު އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ގާނޫނީ ވަކީލުންގެ މެދުގައި ވޯޓުލައިގެން ހޮވާ ޖޭއެސްސީގެ މެންބަރު ކަމަށް، މާނިއު ހޮވުނީ 199 ވަކީލުންގެ ވޯޓުންނެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ވަކީލުން އައްޔަންކުރަނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.