ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އަންނަ ހުކުރު ދުވަހު ފަންޑް ރައިސިން އިވެންޓްއެއް ބާއްވަން އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށެވެ. މި އިވެންޓް ކުރިއަށްދާނީ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށް އާބަންކޯއިން ބުނެއެވެ.

މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ދިނުމަށް ހަމަޖެހިފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ވަނީ މި އިވެންޓްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ހިއްސާވުމަށް އެދިފައެވެ. މިދިޔަ ހަފްތާ ބަންދުގައި ވެސް އާބަންކޯއިން ވަނީ ފަލަސްތީނަށް އެހީވުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު 8،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.