ޕީޕީއެމްގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން އަންގައިފިއެވެ.
ޕީޕީއެމްގެ ނަމުގައި ފޭކު މެސެޖެއްގެ ގޮތުގައި ފޮނުވަމުން ދަނީ ކަސްޓަމްސް ފީ ނުދެއްކުމުގެ ސަބަބުން ޕެކޭޖް ޑެލިވަރީ ނުކުރެވޭނެ އާއި ލަސްވިޔަ ނުދިނުމަށް ޓަކައި ޕޭމަންޓް ކަށަވަރު ކުރުމަށެވެ. އެމެސުޖުގައި ލިންކެއްވެސް ވަނީ ހިމަނާފައެވެ.
އެކަމާ ގުޅިގެން ޕީޕީއެމްއިން ވަނީ އެޕާޓީގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމަށާއި މި އެސްއެމްއެސްގައި ވާ ލިންކުތަކަށް ނުވަންނަން އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މިހާރަކަށް އައިސް ސްކޭމް ކޯލްތައް ގިނަވެ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެކި ނަންނަމުގައި މީހުން ގުޅާ، ގެ ޒާތީ މައުލޫމާތު ހޯދާ، ފައިސާ ފޭރެމުންދާތީ ކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.
އަދި ހަމައެހެންމެ މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.