ރިޔާސީ އިންތިހާބާ ގުޅޭ ޖުމްލަ 97 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ބުނެފިއެވެ.

އޭސީސީއިން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން އެ ކޮމިޝަނަށް މިހާތަނަށް ހުށަހަޅާފައިވާ ޖުމްލަ 97 މައްސަލައިގެ ތެރެއިން 52 މައްސަލަ ރަޖިސްޓާކޮށް ބަލަމުން އަންނަ ކަމަށެވެ.

އޭސީސީއަށް ހުށަހަޅާފައިވާ 97 މައްސަލަ:

  • ސިޔާސީ ޕާޓީތަކުން - 3 މައްސަލަ
  • އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން - 5 މައްސަލަ
  • އަމިއްލަ ފަރުދުން - 27 މައްސަލަ
  • ދައުލަތުގެ އިދާރާތަކުން - 1 މައްސަލަ
  • ކާކުކަން ނޭނގޭގޮތަށް - 61 މައްސަލަ

އެސީސީއަށް ހުށަހެޅާފައިވާ 97 މައްސަލައިގެ ތެރޭގައި، އެއްކަމަކާ ގުޅޭ ޝަކުވާ ތަކުރާރުކޮށް ހުށަހަޅާފައި ވާކަން އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

އެސީސީއިން އިތުރަށް ބުނީ ރަޖިސްޓްރީ ކުރި މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ އިންތިހާބީ ރިޝްވަތުގެ 36 މައްސަލަ، ނުފޫޒު ފޯރުވުމުގެ 11 މައްސަލަ އަދި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމުގެ 5 މައްސަލައެއް ކަމަށެވެ.

އޭސީސީއަށް ހުށަހެޅާ މައްސަލައެއް ރަޖިސްޓްރީ ނުކުރަން ނިންމައިފި ހާލަތުގައި އެ ކޮމިޝަނުގެ ގަވާއިދުގެ ދަށުން އެ މައްސަލައެއް ކޮމިޝަނުގައި އިސްތިއުނާފު ކުރުމަކީ، އެ މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދީފައިވާ ހައްގެކެވެ.