ސަރުކާރު ހިންގާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ތައްޔާރު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޮނުއްވި މެސެޖެއްގައެވެ. ނަޝީދު މިގޮތަށް ވިދާޅުވި ކަން ހާމަކުރައްވާފައި ވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ.
ރައީސް ނަޝީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުން އިބްރޭ ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީސްގެ 50 ޕަސެންޓް ތާއިދު އޮތް ނަމަ "އަޅުގަނޑު އެމްޑީޕީއާ ގުޅެން ތައްޔާރަށް" ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެ ޕާޓިގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މެސެޖެއް ކުރެއްވި ކަމަށެވެ. ގައުމީ މަޖިލީހުގެ އެންމެން އެކަމަށް ތާއީދު ކުރެއްވި ނަމަވެސް އިބުރޭ ތާއީދު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މީގެ ކުރިން ނަޝީދު އާއި އިބްރާހިމް މުހައްމަދު ސޯލިހަކީ ގާތް ދެބޭފުޅުން ނަމަވެސް ޖެހުނު މައްސަލަ ތަކެއްގައި ނަޝީދު ވަނީ އެމްޑީޕީއާ ވަކިވެ ވަޑައިން 'ދަ ޑިމޮކްރަޓްސް' ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އަދި އެ ޕާޓީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކޮށް އިންތިހާބުގެ ތިންވަނަ ކާމިޔާބު ކޮށްފައި ވެއެވެ.
ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލުތަފާތުވި ކަމަކަށް އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރިޔާސީން ބަރުލަމާނީ އަށް ބަދަލު ކުރުމުގައި އޮތް ހިޔާލުތަފާތުވުމާއި އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް ލިބިވަޑައި ނުގަތުމުން އޮތް ހިޔާލުތަފާތުވުންތަކެކެވެ.
ނިމިދިޔަ އިންތިހާބުގެ ތަފާތު ބޮޑު ކުރައްވާ 19،291 ވޯޓުން މުއިއްޒު ކުރި ހޯއްދަވާފައި ވާ އިރު މިއީ ވާދަވެރި އިންތިހާބެއްގައި ބޮޑު ކޯލިޝަނަކަށް ނުވާ ކޯލިޝަނަކާއެކު އެކަނި އެއް ކެންޑިޑޭޓަކު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި އިންތިހާބެވެ. ދެވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީ އާ ކޯލިޝަން ހެދީ 2000 ވޯޓު ހަމަ ނުވާ އެމްއެންޕީންނެވެ.
ނޯ ނުވައްދާތި!
މި ރާއްޖޭގެ ސިޔާސީ ނިޒާމުން މި އަންނި ބޭރު ކޮއްގެން މެނުވީ މިގައުމަށް ހަމަޖެހުމެއް ކުރިއެރުމެއް ނެތެވެ. މިއީ މިގައުމަށް ދިމާވެފަހުރި ބޮޑު ބަލާވެރިކަމެކެވެ.