އާބަންކޯ އަދި މެޑްޓެކް ގުޅިގެން ހިޔާ ޓަވަރުތަކުގައި ފުރޮޅުލީ ގޮނޑި ބަހައްޓައިފިއެވެ.

އާބަންކޯއިން ބުނީ، މިއީ އެމަޖަންސީ ހާލަތެއް ދިމާވެއްޖެނަމަ މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލުއި ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ. މިގޮތުން ކޮންމެ ޓަވަރެއްގައި އެއް ގޮނޑި، މުޅިއެކު 16 ގޮނޑި ބަހައްޓާފައިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން އަބަދުވެސް މަސައްކަތް ކުރަނީ ހިޔާ ޓަވަރުތަކަކީ ރައްކާތެރި، ހިތްގައިމު ތަނަކަށް ހެދުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ހިޔާ ފްލެޓްތަކަށް މީހުން ދިރިއުޅެން ބަދަލުވެ އެ ތަނުގައި ގިނަ ބަޔަކު މިހާރު އަންނަނީ ދިރިއުޅެމުންނެވެ.

ހިޔާގައި ދިރިއުޅޭ މީހުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އެ ސަރަހައްދުގައި ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރެވޭ ގޮތަށް ފިހާރަތަކާއި ސެލޫންތަކާއި ބޭސްފިހާރަތަކާއި އޭޓީއެމް، ކްލިނިކާއި ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަން ވެސް ވަނީ ހުޅުވާފައެވެ.