ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފަން ކުރި ފިކުރެއްގެ ދިރުމުން އުފައްދަން ހުއްދަ ދީފައިވާ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހެޅި ފޯމުތައް މަދުކަމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަލާމާތް ކުރައްވައިފިއެވެ.
"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މޭ 24 ވަނަ ދުވަހުއެވެ. ޕާޓީ އުފެއްދުމަށް 3000 މެންބަރުންގެ ފޯމު ބޭނުން ވާއިރު 3560 މެންބަރުންގެ ފޯމާއެކު "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އާއެކު ނިކުތުމުން ފުރަތަމަ ބުރުން ވެސް 95 ހާސް ވޯޓު ނަގާކަން ތާރީހުން ހެކިވާ ކަމަށެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ވަކިން ނުކުތުމުން އެ އަދަދު ތިން ހާސް ފައްސަތޭކަ އަށް ތިރިވެއްޖެ ކަން ކަމަށް އަމީރު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވާ 13 މެންބަރަކާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައެވެ.
ރާއްޖޭގެ ސިޔާސީ ހަޔާތުގައި މަލްޓި ޕާޓީ ޑިމޮކްރަސީ އުފަންވެ މި ފާއިތުވެ ދިޔަ 21 އަކަށް އަހަރު، ދެމި އޮންނާތީ މި ފެންނަނީ މައިގަނޑު 2 ޕާޓީއެކެވެ. އެއީ 57،660 މެންބަރުންނާއެކު އެމްޑީޕީ އާއި 38،704 މެންބަރުންނާއެކު ޕީޕީއެމްއެވެ. ދެން ހުރީ އެ ދެމެދުގައި ހުރި ކުދިކުދި ޕާޓީތަކެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވާ މީހުންގެ އަދަދު 282،000 އަށް އަރާ ކަމަށް އިލެކްޝަނުން އިއުލާން ކޮށްފައި ވާ އިރު ހުރިހާ ސިޔާސީ ޕާޓީއަކަށް (މެންބަރުން ތިބި އަދަދު) ކަނޑާލައިފި ނަމަ ޕާޓީއަކަށް ނުވަންނަ 123،863 މީހަން އެބަތިއްބެއެވެ.
ޢެމީހުންނެއް ނޫޅޭ އެއްފަހަރުން އެހާގިނަ ބަޔަކު ހޯދަން އެމީހުން ބޭނުންވީ ޕާޓި ރެޖިސްޓަރ ކުރަން ދެން އޭގެފަހުން މީހިން އިތުރުކުރަން އެއްމެފަހުން އެމްޑީޕީގަ ޕާޓީ އެއްގަ ތިބެންޖެހޭ އަދަދު ހަމަނުވެގެން އެމްޑީޕީ ވުޖޫދުން ފޮހެވޭތަން ދެކެން ތިބޭތި
އެމްޑީޕީގެ މަސައްކަތަކާއި ނުލައި އެ ޕާރޓީގައި ތިބި ފީ ހޮވާލާ، ޕާރޓީ އިން ބޭރު ކޮށްދެއްވި ކަމައްޓަކައި ރައީސް ނަޝީދަށް ޝުކުރުވެރިވުން ހައްގެވެ. އޭގެ ތެރަެގައި ތިބި ރައްޔިތުން އެންމެ ނަފްރަތުކުރާ ހުރިހާ އެންމެން އަމިއްލައަށް ބޭރުވެ ޕާރޓީ ސާފުވީއެވެ.