ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އައްޔަން ކޮށްފިއެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން ޖުމްލަ ހަތް ޑިރެކްޓަރުންގެ ނަން ހުށަހަޅާ އަދި އައްޔަން ކޮށްފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ތިން ޑިރެކްޓަރުން އިންތިހާބު ކޮށްފައިވާ ކަމަށް ބީއެމްއިލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ޔޫޝައު ސައީދު ބީއެމްއެލް އިން ވަނީ ހަމަޖައްސާފައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައިވާ ތިން ޑިރެކްޓަރުންނަކީ:

  • އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
  • އަހުމަދު މުހައްމަދު، ގ. އުފާ
  • އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  • އާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
  • އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  • އަބްދުﷲ ހުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
  • ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
  • އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  • ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް
  • ކާލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)