ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ ސްކޮލާޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިއީ މި ސްކޮލާޝިޕް ފަންޑަށް އެދި ހުށަހަޅާލެވޭ 3 ވަނަ އަހަރެވެ. ބީއެމްއެލް އިން ބުނީ މި ސްކޮލާޝިޕްގެ ދަށުން ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ މި އަހަރުވެސް ސްކޮލާޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު 3 ދަރިވަރުންނަށް ލިބޭނެކަމަށެވެ. މިގޮތުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް ސްކޮލާޝޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިވަގުތު 6 ދަރިވަރަކު މަތީ ތައުލީމް ހާސިލްކުރަމު އަންނައިރު މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު ނޮވެންބަރު 10، 2024 ގެ ނިޔަލަށް އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.