ބޭންކް އޮފް މޯލްޑިވްސްއިން އިން ކޮލޮމްބޯ ފެޝަން ވީކް ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބޭ ފަރާތް ހޮވައިފިއެވެ.
ބީއެމްއެލް މާސްޓާކާޑާ ގުޅިގެން ބޭއްވި 2025 ވަނަ އަހަރުގެ ކޮލޮމްބޯ ފެޝަން ވީކް ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އިބްރާހީމް ސަލީމްއެވެ.
ބީއެމްއެލް އިން ބުނީ ސަލީމާއި އޭނާއާ އެކު މިދަތުރުގައި ބައިވެރިވާ ފަރާތަކަށް ފެބުރުވަރީ 19 އިން 22 އަށް ސްރީލަންކާއަށް މި ޝޯ ބަލާލުމަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އިނާމުގެ ގޮތުގައި ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓާއި، 5 ތަރީގެ ހޮޓަލެއްގައި ހުރުމާއި، އަދި އިވެންޓަށް ވީވީއައިޕީ ޓިކެޓް ހިމެނޭއިރު މި ދަތުރުގައި ތަފާތު ކަލިނަރީ ތަޖުރިބާތައްކޮށްލުމުގެ ފުރުސަތުވެސް ލިބޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަން ހުޅުވާލެވުނީ ހަމައެކަނި ބީއެމްއެލްގެ މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށެވެ. މިއީ ބޭންކުން ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގުނު ޕްރޮމޯޝަނެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.