ބައެއް ފިހާރަތަކާއި ކެފޭތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުތައް ބޭނުންކުރުމުން، 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ޕީއޯއެސް މެޝިން މެދުވެރިކޮށް ބީއެމްއެލްގެ އޮފާ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުން ކަސްޓަމަރުންނަށް 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ބީއެމްއެލް ވިސާއާއި މާސްޓާކާޑްގެ އިތުރަށް، ސްޓޫޑެންޓް ކާޑުން މެދުވެރިކޮށްވެސް މި ޑިސްކައުންޓް ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބީއެމްއެލް ޑިސްކައުންޓް ލިބޭ ފިހާރަތަކުގެ ތެރޭގައި ކޮސްމެޓިކް ފިހާރަތަކާއި، ހެދުން ވިއްކާ ފިހާރަތަކާއި، ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.

ބީއެމްއެލްއިން އަބަދުވެސް ކަސްޓަމަރުންނަށް ހާއްސަކޮށް މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާއިރު އެކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.